ހަވާ އެރުވުމާއި މިއުޒިކް ޝޯތަކާ އެކު އާ އަހަރު ފެށުން ދުނިޔޭގައި ފާހަގަކޮށްފި
އާ އަހަރު ފެށުމުގެ ކުލަގަދަ ރަސްމިއްޔާތުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ރޭ ވަނީ ބާއްވައިފަ އެވެ. ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ވަނީ ހަވާ އެރުމާއި މިއުޒިކް ޝޯތައް ބާއްވާ އަހަރު ފެށުމުގެ މަޖާ ނަގައިފަ އެވެ. އާ އަހަރު ފެށުމުގެ ހަރަކާތްތައް ފުރަތަމަ ކުރިއަށް ގެންދިޔައީ ނިއު ޒީލެންޑުގަ އެވެ. އެއަށް ފަހު އޮސްޓްރޭލިއާގެ ސިޑްނީ ބަނދަރުން ވަނީ 2015 ވަނަ އަހަރަށް މަރުހަބާ ކިއުމުގެ ރަސްމިއްޔާތު ފެނިގެންގޮސްފަ އެވެ. ސިޑްނީގެ ބަންދަރަށް 1.5 މިލިއަން މީހުން ނުކުމެ އަތުގުލާލުމަށް ފަހު އާ އަހަރަށް މަރުހަބާ ކިޔާފައިވެ އެވެ. އޮސްޓްރޭލިއާގެ ސިޑްނީގައި އާ އަހަރުގެ ފެށުން ފާހަގަ ކުރަނީ. އޮސްޓްރޭލިއާގެ ސިޑްނީގައި އާ އަހަރުގެ ފެށުން ފާހަގަ ކުރަނީ. އޭޝިއާ އަށް އާ އަހަރު ލައިގަތީ ހިތާމަވެރި ދަނޑިވަޅެއްގަ އެވެ. އިންޑޮނީޝިއާ އިން ސިންގަޕޫރަށް ދަތުރުކުރަނިކޮށް 162 މީހުންނާ އެކު ކަނޑަށް ވެއްޓުނު އެއާއޭޝިއާގެ މަތިންދާބޯޓުން މަރުވި މީހުންގެ ހިތާމައިގައި ދެކުނު އިރުމަތީ އޭޝިއާ އޮތް އިރު ޗައިނާގައި އާ އަހަރު ފާހަގަ ކުރުމުގެ ތެރޭގައި ވަނީ 35 މީހުން މަރުވެފަ އެވެ. ގަލްފުގެ ދުބާއީގައި ވަނީ އާ އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން ދުނިޔޭގެ އެންމެ އުސް އިމާރާތުގައި އެންމެ ގިނަ ލެޑްލައިޓް ދިއްލައިގެން ދުނިޔޭގެ ރެކޯޑެއް ހަދައިފަ އެވެ. ނިއު ޔޯކުގެ މަގުތަކަށް މީހުން ނުކުމެ އާ އަހަރުގެ ފެށުން ފާހަގަ ކުރަނީ. ނިއު ޔޯކުގެ މަގުތަކަށް މީހުން ނުކުމެ އާ އަހަރުގެ ފެށުން ފާހަގަ ކުރަނީ. އެމެރިކާގެ ނިއު ޔޯކުގެ ޓައިމްސް ސްކެއާ އަށް އެތައް ބަޔަކު ޖަމާވެ އާ އަހަރު ފެށުމުގެ ރަސްމިއްޔާތުތައް ބާއްވާފައިވެ އެވެ. ނިއު ޔޯކުގައި ވަނީ އެލްޓަން ޖޯންގެ ޝޯއެއް ވެސް ބާއްވައިފަ އެވެ. އެމެރިކާގައި އާ އަހަރު ފެށުމުގެ ހަރަކާތްތައް ކުރިއަށް ދިޔަ އިރު ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އެއީ ނަސްލީ ތަފާތު ކުރުންތަކުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އާ އަހަރު ފެށުމުގެ ހަރަކާތްތައް ޔޫރަޕުގައި ފެށިގެން ދިޔައީ މޮސްކޯ އިންނެވެ. ޖަރުމަނުގެ ބާލިންގެ ބްރެންޑެންބާގް ގޭޓް މިއުޒިކް ޝޯއެއް ބޭއްވިއިރު ޕެރިހުގައި ވެސް ވަނީ ކުލަގަދަ ހަފުލާތައް ބާއްވައިފަ އެވެ. އާ އަހަރުގެ ފެށުން ފާހަގަ ކުރުމަށް ޕެރިހުގެ އެލީސީ އެވެނިއު ދިއްލާފައި. އާ އަހަރުގެ ފެށުން ފާހަގަ ކ